Millat al-Islam

Chapter 88 · 26 verses · Office Of The President Of Maldives

Surah Al-Ghashiya in Divehi

Arabic with tafsir Listen to Surah Al-Ghashiya (1299 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

هَلۡ أَتَىٰكَ حَدِيثُ ٱلۡغَٰشِيَةِ ١(ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ) އެބަހީ: قيامة ގެ ވާހަކަ (ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟) وُجُوهٌ يَوۡمَئِذٍ خَٰشِعَةٌ ٢އެދުވަހުން، ދެރަވެ ނިކަމެތިވެގެންވާ މޫނުތަކެއް ވެއެވެ عَامِلَةٌ نَّاصِبَةٌ ٣މަސައްކަތްތެރި، ވަރުބަލި މޫނުތަކެކެވެ تَصۡلَىٰ نَارًا حَامِيَةً ٤ހޫނުކަން ގަދަވެގެންވާ ނަރަކަޔަށް އެއުރެން ވަންނާނެތެވެ تُسۡقَىٰ مِنۡ عَيۡنٍ ءَانِيَةٍ ٥ހޫނުކަން ނިހާޔަތަށް ގޮސްފައިވާ ފެންއާރަކުން އެއުރެންނަށް ބޯންދެއްވާނެތެވެ لَّيۡسَ لَهُمۡ طَعَامٌ إِلَّا مِن ضَرِيعٍ ٦ކަށިހުރި، ވިހަ މޭވާޔަކުން މެނުވީ، އެއުރެންނަކަށް ކާނާއެއް ނުވެއެވެ لَّا يُسۡمِنُ وَلَا يُغۡنِي مِن جُوعٍ ٧އެ ކެއުމަކުން (ހަށިގަނޑަކަށް ބާރެއް ނުދޭނެތެވެ. އަދި ބަނޑުހައި ހޫނުކަން ފިލުވައެއް ނުމެދޭނޭމެއެވެ) وُجُوهٌ يَوۡمَئِذٍ نَّاعِمَةٌ ٨އެދުވަހުން نعمة ލިބިގެންވާ، އުފާވެރި މޫނުތަކެއް ވެއެވެ لِّسَعۡيِهَا رَاضِيَةٌ ٩ދުނިޔޭގައި އެއުރެންކުޅަ މަސައްކަތަށް ރުހިގެންވެއެވެ فِي جَنَّةٍ عَالِيَةٍ ١٠މަތިވެރިވެގެންވާ ސުވަރުގޭގައެވެ لَّا تَسۡمَعُ فِيهَا لَٰغِيَةً ١١ގެއްލުންދެނިވި (ބޭކާރު ވާހަކައެއް، އެތާނގައި އެއުރެން ނާހާނެތެވެ) فِيهَا عَيۡنٌ جَارِيَةٌ ١٢ހިނގަހިނގާ ހުންނަ ފެންއާރެއް އެތާނގައިވެއެވެ فِيهَا سُرُرٌ مَّرۡفُوعَةٌ ١٣އުފުލިގެންވާ ދާންތައް އެތާނގައިވެއެވެ وَأَكۡوَابٌ مَّوۡضُوعَةٌ ١٤އަދި ބެހެއްޓިގެންވާ ތަށިތައްވެސްމެއެވެ وَنَمَارِقُ مَصۡفُوفَةٌ ١٥އަދި އެތުރިގެންވާ ބާލީސްތައްވެސްމެއެވެ وَزَرَابِيُّ مَبۡثُوثَةٌ ١٦އަދި ފެތުރިގެންވާ ދޫލަތައްވެސްމެއެވެ أَفَلَا يَنظُرُونَ إِلَى ٱلۡإِبِلِ كَيۡفَ خُلِقَتۡ ١٧ފަހެ، ޖަމަލު ހައްދަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ޖަމަލަށް ނުބަލަނީހެއްޔެވެ وَإِلَى ٱلسَّمَآءِ كَيۡفَ رُفِعَتۡ ١٨އަދި އުޑު އުފުއްލަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން އުޑަށް ނުބަލަނީހެއްޔެވެ؟ وَإِلَى ٱلۡجِبَالِ كَيۡفَ نُصِبَتۡ ١٩އަދި ފަރުބަދަތައް ކޮޅަށް ނަންގަވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ފަރުބަދަތަކަށް ނުބަލަނީހެއްޔެެވެ؟ وَإِلَى ٱلۡأَرۡضِ كَيۡفَ سُطِحَتۡ ٢٠އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟ فَذَكِّرۡ إِنَّمَآ أَنتَ مُذَكِّرٌ ٢١(ފަހެ، ކަލޭގެފާނު) އެއުރެންނަށް (ހަނދުމަކޮށް ދެއްވާށެވެ! ކަލޭގެފާނު ވާކަން ކަށަވަރީ، ހަނދުމަކޮށްދެއްވާ ބޭކަލަކު ކަމުގައެވެ) لَّسۡتَ عَلَيۡهِم بِمُصَيۡطِرٍ ٢٢އެއުރެންގެ މައްޗަށް ބާރު ހިންގަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވެއެވެ إِلَّا مَن تَوَلَّىٰ وَكَفَرَ ٢٣ފުރަގަސްދީ، كافر ވި މީހަކަށް މެނުވީއެވެ فَيُعَذِّبُهُ ٱللَّهُ ٱلۡعَذَابَ ٱلۡأَكۡبَرَ ٢٤ފަހެ، اللّه، އެމީހަކަށް ބޮޑުވެގެންވާ عذاب ން عذاب ދެއްވާނެތެވެ إِنَّ إِلَيۡنَآ إِيَابَهُمۡ ٢٥ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ ثُمَّ إِنَّ عَلَيۡنَا حِسَابَهُم ٢٦ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ

Translation: Office Of The President Of Maldives.