Millat al-Islam

Chapter 109 · 6 verses · Office Of The President Of Maldives

Surah Al-Kafirun in Divehi

Arabic with tafsir Listen to Surah Al-Kafirun (773 reciters)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

قُلۡ يَٰٓأَيُّهَا ٱلۡكَٰفِرُونَ ١ކަލޭގެފާނު ވިދާޅުވާށެވެ! އޭ كافر ންނޭވެ لَآ أَعۡبُدُ مَا تَعۡبُدُونَ ٢ތިޔަބައިމީހުން އަޅުކަންކުރާ ތަކެއްޗަކަށް، ތިމަންކަލޭގެފާނު އަޅުކަމެއް ނުކުރައްވަމެވެ وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ٣އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ وَلَآ أَنَا۠ عَابِدٌ مَّا عَبَدتُّمۡ ٤އަދި ތިޔަބައިމީހުން އަޅުކަންކުޅަ ތަކެއްޗަށް އަޅުކަންކުރާ މީހަކު ކަމުގައި ތިމަންކަލޭގެފާނު ނުވަމެވެ وَلَآ أَنتُمۡ عَٰبِدُونَ مَآ أَعۡبُدُ ٥އަދި ތިމަންކަލޭގެފާނު އަޅުކަންކުރައްވާ حق ވަންތަ اللَّه އަށް އަޅުކަންކުރާ ބަޔަކު ކަމުގައިވެސް ތިޔަބައިމީހުން ނުވަމުއެވެ لَكُمۡ دِينُكُمۡ وَلِيَ دِينِ ٦ތިޔަބައިމީހުންނަށް ތިޔަބައިމީހުންގެ دين އެވެ. އަދި ތިމަންކަލޭގެފާނަށް ތިމަންކަލޭގެފާނުގެ دين އެވެ

Translation: Office Of The President Of Maldives.