ملة الإسلام

السورة 80 · 42 آية · Office Of The President Of Maldives

سورة عبس باللغة الديفيهية

السورة بالعربية مع التفسير استمع إلى سورة عبس (1,320 قارئاً)
مكيةسورة عبس٤٢ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

عَبَسَ وَتَوَلَّىٰٓ ١އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ހިތްޕުޅާނުވުމުގެ ގޮތް މޫނުފުޅުން ދައްކަވައި (އަނެއްފަރާތަށް) އެނބުރިވަޑައިގަތެވެ أَن جَآءَهُ ٱلۡأَعۡمَىٰ ٢ލޯޯފަންމީހާ އެކަލޭގެފާނުގެ އަރިހަށް އައުމުންނެވެ وَمَا يُدۡرِيكَ لَعَلَّهُۥ يَزَّكَّىٰٓ ٣އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ أَوۡ يَذَّكَّرُ فَتَنفَعَهُ ٱلذِّكۡرَىٰٓ ٤އަދި އޭނާ ކުށްތަކުން ސާފުވެ، طاهر ވެދާނެކަން، ނުވަތަ އޭނާ ހަނދުމަކޮށް، ދެން އެ ހަނދުމަކުޅައުން އޭނާޔަށް މަންފާކޮށްފާނެކަން ކަލޭގެފާނަށް އަންގައިދެނީ ކޮންއެއްޗެއްތޯއެވެ؟ أَمَّا مَنِ ٱسۡتَغۡنَىٰ ٥އެމީހާ އަމިއްލަޔަށް ފުދިގެންވާކަމަށް ދެކޭމީހާ ދަންނާށެވެ فَأَنتَ لَهُۥ تَصَدَّىٰ ٦ފަހެ، ކަލޭގެފާނު އެމީހަކާ ކުރިމަތިލައްވަމުއެވެ وَمَا عَلَيۡكَ أَلَّا يَزَّكَّىٰ ٧އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ وَأَمَّا مَن جَآءَكَ يَسۡعَىٰ ٨އެމީހަކު (كافر ކަމުން) طاهر ނުވުމަކުން، ކަލޭގެފާނުގެ މައްޗަކަށް ކުށެއް ނެތެވެ وَهُوَ يَخۡشَىٰ ٩އަދި ބިރުވެތިވާ حال، ކަލޭގެފާނުގެ އަރިހަށް ހިނގަމުންއައިމީހާ ދަންނާށެވެ فَأَنتَ عَنۡهُ تَلَهَّىٰ ١٠ފަހެ، އެމީހާއާ ކަލޭގެފާނު އަޅައިނުލައްވައި مشغول ވެވަޑައިގަންނަވަމުއެވެ كـَلَّآ إِنَّهَا تَذۡكِرَةٌ ١١ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެ آية ތަކަކީ، ހަނދާންކޮށްދިނުމެކެވެ فَمَن شَآءَ ذَكَرَهُۥ ١٢ފަހެ، ބޭނުންމީހަކު އެ قرآن ހަނދުމަކުރާހުށިކަމެވެ فِي صُحُفٍ مُّكَرَّمَةٍ ١٣އެ قرآن ވަނީ، މާތްކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ مَّرۡفُوعَةٍ مُّطَهَّرَةِۭ ١٤މަތިވެރި، طاهر ކުރައްވާފައިވާ ފަތްފުށްތަކެއްގައެވެ بِأَيۡدِي سَفَرَةٍ ١٥ދަތުރުކުރައްވާ ملائكة ންގެ އަތްޕުޅުތަކުގައެވެ كِرَامِۭ بَرَرَةٍ ١٦މާތްވެގެންވާ ހެޔޮލަފާ ملائكة ންނެވެ قُتِلَ ٱلۡإِنسَٰنُ مَآ أَكۡفَرَهُۥ ١٧އިންސާނާއަށް لعنة ލެއްވިއެވެ. އޭނާގެ ހުރި كافر ކަމުގެ ބޮޑުކަމާއެވެ مِنۡ أَيِّ شَيۡءٍ خَلَقَهُۥ ١٨އެކަލާނގެ އެ އިންސާނާ ހެއްދެވީ ކޮންއެއްޗަކުން ހެއްޔެވެ؟ مِن نُّطۡفَةٍ خَلَقَهُۥ فَقَدَّرَهُۥ ١٩އެކަލާނގެ އެ އިންސާނާ ހެއްދެވީ މަނިތިއްކަކުންނެވެ. ދެން އެކަލާނގެ އެ އިންސާނާ (ގެ ހުރިހާ ކަމެއް) މިންވަރު ކުރެއްވިއެވެ ثُمَّ ٱلسَّبِيلَ يَسَّرَهُۥ ٢٠ދެން އެކަލާނގެ އޭނާޔަށް މަގު ފަސޭހަކޮށްދެއްވިއެވެ ثُمَّ أَمَاتَهُۥ فَأَقۡبَرَهُۥ ٢١ދެން އެކަލާނގެ އޭނާ މަރުގެންނެވިއެވެ. އަދި އޭނާ ކަށްވަޅުގައި ލެއްވިއެވެ ثُمَّ إِذَا شَآءَ أَنشَرَهُۥ ٢٢ދެން އެކަލާނގެ އިރާދަކުރައްވާ ހިނދު، އެ އިންސާނާ އަލުން ދިރުމަކަށް ފޮނުއްވާނެތެވެ كـَلَّا لَمَّا يَقۡضِ مَآ أَمَرَهُۥ ٢٣ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އެ އިންސާނާ އަދިވެސް، އެކަލާނގެ އޭނާޔަށް އަމުރުކުރެއްވި ކަންތަކެއް ނުކުރެތެވެ فَلۡيَنظُرِ ٱلۡإِنسَٰنُ إِلَىٰ طَعَامِهِۦٓ ٢٤ފަހެ، އެ އިންސާނާ އޭނާގެ ކާތަކެއްޗަށް ބަލައިފާހުށިކަމެވެ أَنَّا صَبَبۡنَا ٱلۡمَآءَ صَبًّا ٢٥ބޯކޮށް އޮހިގެން އަންނަގޮތުގައި، ތިމަންރަސްކަލާނގެ ފެން އޮއްސެވީމެވެ ثُمَّ شَقَقۡنَا ٱلۡأَرۡضَ شَقًّا ٢٦ދެން ތިމަންރަސްކަލާނގެ (ގަސްހެދުމަށް ފަސޭހަވާނެގޮތުން) ބިންގަނޑު ފެޅުއްވީމެވެ فَأَنۢبَتۡنَا فِيهَا حَبًّا ٢٧ދެން ތިމަންރަސްކަލާނގެ އެ ބިމުގައި ގޮވާން (ގަސްތައް) ފެޅުއްވީމެވެ وَعِنَبًا وَقَضۡبًا ٢٨އަދި މޭބިސްކަދުރާއި ފަތްޕިލާވެއްޔެވެ وَزَيۡتُونًا وَنَخۡلًا ٢٩އަދި ޒައިތޫނި ގަހާއި ކަދުރު ރުކެވެ وَحَدَآئِقَ غُلۡبًا ٣٠އަދި ގަސްތައްގިނަ ބަގީޗާތަކެވެ وَفَٰكِهَةً وَأَبًّا ٣١މޭވާގެ ބާވަތްތަކާއި ހުއިތަކެވެ مَّتَٰعًا لَّكُمۡ وَلِأَنۡعَٰمِكُمۡ ٣٢(އެއީ) ތިޔަބައިމީހުންނަށާއި، ތިޔަބައިމީހުންގެ نعم ސޫފިތަކަށް ދިރިއުޅުމުގެ ވަގުތީ އުފަލެއްގެ ގޮތުގައެވެ فَإِذَا جَآءَتِ ٱلصَّآخَّةُ ٣٣ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ يَوۡمَ يَفِرُّ ٱلۡمَرۡءُ مِنۡ أَخِيهِ ٣٤ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ وَأُمِّهِۦ وَأَبِيهِ ٣٥ފަހެ، ގަދަފަދަ އަޑު އަތުވެއްޖެހިނދެވެ وَصَٰحِبَتِهِۦ وَبَنِيهِ ٣٦(އެއީ) މީހާ އޭނާގެ أخ އާގެ ކިބައިންނާއި، އޭނާގެ މަންމައާއި، ބައްޕަގެ ކިބައިންނާއި، އޭނާގެ އަނބިމީހާއާއި، ދަރިންގެ ކިބައިން ފިލަންދާ ދުވަހެވެ لِكُلِّ ٱمۡرِيٍٕ مِّنۡهُمۡ يَوۡمَئِذٍ شَأۡنٌ يُغۡنِيهِ ٣٧އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ وُجُوهٌ يَوۡمَئِذٍ مُّسۡفِرَةٌ ٣٨އެއުރެންކުރެ ކޮންމެ މީހަކަށް، އެމީހަކު އަވަދިނެތި ކުރާނެކަމެއް އެދުވަހުން ވެއެވެ ضَاحِكَةٌ مُّسۡتَبۡشِرَةٌ ٣٩އެދުވަހުން އަލިވެ، ހިނިއައިސް، އުފާވެފައިވާ މޫނުތަކެއްވާނެއެވެ وَوُجُوهٌ يَوۡمَئِذٍ عَلَيۡهَا غَبَرَةٌ ٤٠އަދި އެދުވަހުން އެ މޫނުތަކެއްގެ މައްޗަށް ހިރަފުސް އަރާފައިވާ މޫނުތަކެއްވެސް ވާނެއެވެ تَرۡهَقُهَا قَتَرَةٌ ٤١އެ މޫނުތަކަށް ކަޅުއަނދިރިކަމެއް ވެރިވާނެތެވެ أُوْلَٰٓئِكَ هُمُ ٱلۡكَفَرَةُ ٱلۡفَجَرَةُ ٤٢އެއުރެންނީ ހަމަ، ނުލަފާވެގެންވާ كافر ންނެވެ

الترجمة: Office Of The President Of Maldives.