ملة الإسلام

السورة 81 · 29 آية · Office Of The President Of Maldives

سورة التكوير باللغة الديفيهية

السورة بالعربية مع التفسير استمع إلى سورة التكوير (1,316 قارئاً)
مكيةسورة التكوير٢٩ آية

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

إِذَا ٱلشَّمۡسُ كُوِّرَتۡ ١އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ وَإِذَا ٱلنُّجُومُ ٱنكَدَرَتۡ ٢އަދި ތަރިތަކުން އަލިކަން ފިލައި، ބުރަބުރައިގެންދާ ހިނދެވެ وَإِذَا ٱلۡجِبَالُ سُيِّرَتۡ ٣އަދި ފަރުބަދަތައް ލުހި، ފުނޑުފުނޑުވާ ހިނދެވެ وَإِذَا ٱلۡعِشَارُ عُطِّلَتۡ ٤އަދި މާބަނޑު ޖަމަލުތައް އަޅާނުލައި ދޫކޮށްލާ ހިނދެވެ وَإِذَا ٱلۡوُحُوشُ حُشِرَتۡ ٥އަދި ވަލު ޖަނަވާރުތައް (އެއްތަނަކަށް) އެއްކުރައްވާ ހިނދެވެ وَإِذَا ٱلۡبِحَارُ سُجِّرَتۡ ٦އަދި ކަނޑުތައް ރޯވެ، އަނދައިގަންނަ ހިނދެވެ وَإِذَا ٱلنُّفُوسُ زُوِّجَتۡ ٧އަދި ފުރާނަތައް، އޭގެ ހަށިތަކާ ގުޅިދާހިނދެވެ وَإِذَا ٱلۡمَوۡءُۥدَةُ سُئِلَتۡ ٨އަދި ދިރިއޮއްވައި ވަޅުލި އަންހެން ދަރިޔާއާ سؤال ކުރައްވާ ހިނދެވެ بِأَيِّ ذَنۢبٍ قُتِلَتۡ ٩އޭނާ މަރައިލީ ކޮން ކުށެއްގެ ސަބަބުން ހެއްޔެވެ؟ وَإِذَا ٱلصُّحُفُ نُشِرَتۡ ١٠އަދި ފަތްފުށްތައް ނިއުޅައިލައްވާ ހިނދެެވެ وَإِذَا ٱلسَّمَآءُ كُشِطَتۡ ١١އަދި އުޑު ގެންދަވާ ހިނދެވެ وَإِذَا ٱلۡجَحِيمُ سُعِّرَتۡ ١٢އަދި ނަރަކަ ރޯކޮށްލައްވާ ހިނދެވެ وَإِذَا ٱلۡجَنَّةُ أُزۡلِفَتۡ ١٣އަދި ސުވަރުގެ ގާތްކުރައްވާ ހިނދެވެ عَلِمَتۡ نَفۡسٌ مَّآ أَحۡضَرَتۡ ١٤ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ فَلَآ أُقۡسِمُ بِٱلۡخُنَّسِ ١٥ކޮންމެ نفس އަކަށްމެ، އެ نفس އެއް حاضر ކުޅަކަމެއް (އެހިނދު) އެނގޭނެތެވެ ٱلۡجَوَارِ ٱلۡكُنَّسِ ١٦ފަހެ، ރޭގަނޑަށް ފާޅުކަންބޮޑު، ދުވާލު ވަންހަނާވާ، ހިނގަހިނގާ ހުންނަ ތަރިތައް ގަންދެއްވަމެވެ وَٱلَّيۡلِ إِذَا عَسۡعَسَ ١٧އަދި ރޭގަނޑު އަނދިރިކަމާއިގެން ފަސްދީދާހިނދު، އެ ރޭގަނޑު ގަންދެއްވަމެވެ وَٱلصُّبۡحِ إِذَا تَنَفَّسَ ١٨އަދި ފަތިހުގެ އަލިކަން ފާޅުވާހިނދު، އެ ފަތިސް ގަންދެއްވަމެވެ إِنَّهُۥ لَقَوۡلُ رَسُولٍ كَرِيمٍ ١٩ހަމަކަށަވަރުން، އެއީ މާތްވެގެންވާ رسول އަކު (އެބަހީ: جبريل ގެފާނު) ގެންނެވި ބަސްފުޅުކަން ކަށަވަރެވެ ذِي قُوَّةٍ عِندَ ذِي ٱلۡعَرۡشِ مَكِينٍ ٢٠عرش ގެ ވެރިރަސްކަލާނގެ حضرة ގައި ބާރެއްގެ ވެރި ދަރަޖަވެރިޔެކެވެ مُّطَاعٍ ثَمَّ أَمِينٍ ٢١އެތާނގައި (އެބަހީ: އުޑުތަކުގައި) ކިޔަމަންވެވޭ އަމާނާތްތެރިޔެކެވެ وَمَا صَاحِبُكُم بِمَجۡنُونٍ ٢٢އަދި ތިޔަބައިމީހުންގެ އެކުވެރިޔާއީ (އެބަހީ: محمد ގެފާނީ) މޮޔައަކު ކަމުގައި ނުވެއެވެ وَلَقَدۡ رَءَاهُ بِٱلۡأُفُقِ ٱلۡمُبِينِ ٢٣އަދި ހަމަކަށަވަރުން، އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ފާޅުވެގެންވާ އުދަރެހުން އެކަލޭގެފާނު (އެބަހީ: جبريل ގެފާނު) ދެކެވަޑައިގަތެވެ وَمَا هُوَ عَلَى ٱلۡغَيۡبِ بِضَنِينٍ ٢٤އަދި غيب ގެ ކަންތައް ފޮރުވައި، ހިފަހައްޓަވާ ބޭކަލަކު ކަމުގައި އެކަލޭގެފާނު (އެބަހީ: محمد ގެފާނު) ނުވެއެވެ وَمَا هُوَ بِقَوۡلِ شَيۡطَٰنٍ رَّجِيمٍ ٢٥އަދި رحمة ން ބޭރުކުރައްވާފައިވާ شيطان އެއްގެ ބަސްކަމުގައިވެސް އެ قرآن ނުވެއެވެ فَأَيۡنَ تَذۡهَبُونَ ٢٦ފަހެ، ތިޔަބައިމީހުން ތިޔަދަނީ ކޮންތާކަށް ހެއްޔެވެ؟ إِنۡ هُوَ إِلَّا ذِكۡرٌ لِّلۡعَٰلَمِينَ ٢٧عالم ތަކަށް ހަނދާންކޮށްދިނުމެއް ކަމުގައި މެނުވީ އެ قرآن ނުވެއެވެ لِمَن شَآءَ مِنكُمۡ أَن يَسۡتَقِيمَ ٢٨ތިޔަބައިމީހުންކުރެ ސީދާވެގަތުމަށް އެދޭ މީހަކަށްޓަކައެވެ وَمَا تَشَآءُونَ إِلَّآ أَن يَشَآءَ ٱللَّهُ رَبُّ ٱلۡعَٰلَمِينَ ٢٩عالم ތަކުގެ ވެރި اللَّه އިރާދަކުރެއްވުމުން މެނުވީ، ތިޔަބައިމީހުންނަކަށް (އެއްވެސް ކަމެއް) ނޭދެވޭނެތެވެ

الترجمة: Office Of The President Of Maldives.